ބަލިމީހުންގެ ސަލާމަތްތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ: ޢަބްދުއްރައްޒާޤް ޙަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބަލިމީހުންގެ ސަލާމަތްތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ: ޢަބްދުއްރައްޒާޤް ޙަލީމް

ބަލިމީހުންގެ ސަލާމަތްތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން، "ކޮންމެ ނިންމުމެއްގައި، ކޮންމެ ޢަމަލެއްގައި އަދި ބަލިމީހުންނާއި އާއިލާތަކާ ކުރެވޭ ކޮންމެ ގުޅުމެއްގައިވެސް ސަލާމަތްތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމެއް ކަމުގައި ވާންޖެހޭ" ކަމަށް ވިދާޅުވިއެވެ.

އަދި ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، "ސަލާމަތްތެރިކަމަކީ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއްކަން ހަނދާންކުރުން ވަރަށް މުހިންމު" ކަމަށެވެ. މީގެއިތުރުން، ޕްރޮޓޮކޯލްތަކަށް ޢަމަލުކުރުމާއި، ކުރާ މަސައްކަތް ދެފަހަރު ޗެކްކުރުމާއި، ސާފުކޮށް މުޢާމަލާތްކުރުމާއި އަދި އެކަކު އަނެކަކަށް އެހީތެރިވުން ފަދަ ކުދިކުދި ކަންތައްތަކަކީ ހަމަޖެހުމާއި ރަނގަޅުވުމުގެ ތަފާތު ދައްކުވައިދޭނެ ކަންތައްތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ބަލިމީހުންގެ ސަލާމަތްތެރިކަމަށް ވެފައިވާ ވަޢުދަށް އިޙްތިރާމްކުރުމަށް ކޮންމެ މުވައްޒަފަކުވެސް އެފަރާތްތަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރުމަކީ މުހިންމުކަމެއްކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި ކޮންމެ ބަލިމީހަކަށްވެސް ރައްކާތެރި އަދި އިތުބާރު ކުރެވޭ ޚިދުމަތެއް ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބަލިމީހުންގެ ސަލާމަތްތެރިކަމުގެ ދުވަހަކީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކުރާ ދުވަހެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ފެންވަރުގައި ޢަމަލުކުރުމަށް ގޮވާލާ ގޮވާލުމެއް ކަމުގައިވެސް ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން