ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.

މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްބާ ފަރާތްތަކަށެވެ.

މި އެވޯޑު ތަކަށް ކުރިމަތިލާ ފަރަތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:

މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅަކަށް ވުމާއި، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅަކަށްވުމުގެއިތުރުން، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔަކަށް ވާންޖެހެއެވެ.

https://gazette.gov.mv/iulaan/362101

މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު 23 އޮކްޓުބަރުގެ 14:00ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ. އަދި އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވޭނެއެވެ. މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން