މެރިން ސައިންސް ދާއިރާ ކުރިއެރުވުމަށް އެމް.އެން.ޔޫ އަދި ސޮނޭވާ ސީ.އެސް.އެމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މެރިން ސައިންސް ދާއިރާ ކުރިއެރުވުމަށް އެމް.އެން.ޔޫ އަދި ސޮނޭވާ ސީ.އެސް.އެމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ސޮނޭވާ ކޮންޒަވޭޝަން ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނޭވާ ސީ.އެސް.އެމް)ގެ ފަރާތުން މެރިން ސައިންސް ދާއިރާއާއި ގުޅޭ ތަމްރީނު ފޯރުކޮއްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މރެިން ސައިންސާއި ގުޅޭ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަޤްޞަދުގައި ސޮއިކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެއެވެ. އަދި ސޮނޭވާ ސީ.އެސް.އެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑައިރެކްޓަރ އޮފް ކޮންޒަވޭޝަން، ޖޮއާނާ ލިއޮންހާޓެވެ.

އެމް.އެން.ޔޫ އަދި ސޮނޭވާ ސީ.އެސް.އެމްއާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން ދަރިވަރުންނަށް ސީ.އެސް.އެމް ރިސަރޗް ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ލިބުމާއި، އިންޓަރންޝިޕް މެދުވެރިކޮށް ކޮރަލް ރީފް އިކޮލޮޖީ އަދި މެރިން ކޮންޒަވޭޝަން ދާއިރާ އިން ޢަމަލީ ތަޖުރިބާ ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން