ސައުދީއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުމަކީ ޚާރިޖީ ގުޅުންތަކަށްވުރެ ފުޅާ އަދި ދެ ޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވާ ގުޅުމެއް: ސައުދީ ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސައުދީއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުމަކީ ޚާރިޖީ ގުޅުންތަކަށްވުރެ ފުޅާ އަދި ދެ ޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވާ ގުޅުމެއް: ސައުދީ ސަފީރު

ސައުދީއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުމަކީ ޚާރިޖީ ގުޅުންތަކަށްވުރެ ފުޅާ އަދި ދެ ޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށް ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެއްޖެއެވެ.

ސައުދި ޢަރަބިއްޔާގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބާސެލޯ ނަސަންދުރާގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި ސައުދީ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ "ކާމިޔާބު ފެންނަ މޮޑެލެއް" ކަމަށެވެ. އަދި މިއީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމުންވެސް ދެއްވާ އިސްކަމުގެ ތެރެއިން އުފެދިފައިވާ ގުޅުމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އަދި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައުދި ޢަރަބިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ 2030ގެ ތަޞައްވުރު ހާސިލްކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ. މި ތަޞައްވުރުގެ ދަށުން އައު ފުރުޞަތުތަކާއި ގުޅުންތައް ބައިނަލްއަޤްވާމީ މައިދާނުގައި އުފައްދަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސަޢުދި ޢަރަބިއްޔާގެ ތަސައްވުރުތައް ހާސިލްކުރުމުގައި ދިވެހިރާއްޖެއިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބަދަހި ގުޅުމެއް ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން