އެމްއެފްޑީއޭ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްއެފްޑީއޭ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ނިންމާލައިފި

މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު) ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް 21 ސެޕްޓެންބަރުން 01 އޮކްޓޯބަރު 2025 އަށް ކުރިއަށް ގެންދިޔަ ޚާއްސަ އިންސްޕެކްޝަން ނިންމާލައިފި.

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ޖުމްލަ 1010 ތަނެއްވަނީ ބަލާފާސް ކުރެވިފައެވެ. މީގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެ ހުއްދަ އައުނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން މިއޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަންވެސް ހިމެނެއެވެ.

އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ގަވައިދާ ޚިލާފަށް ހިންގަމުން ގެންދާތީއާއި ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ހިންގަމުން ގެންދާތީ 70 ތަނެއް މިއިންސްޕެކްޝަންގައި ވަނީ ބަންދުކުރެވިފައެވެ. މީގެ ތެރެއިން ހުއްދައައުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާތީ، 27 ތަނަކަށް ހުއްދަ ދޫކުރެވިފައިވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔައީ މި އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅިގެންނެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން