ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން އައިފޯން 17 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން އައިފޯން 17 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު

ދިރާގުން އިއްޔެ ފާހަގަކުރި 37 ވަނަ އަހަރީ ދުވަހާ ގުޅިގެން، އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭ ސޯޝަލް މީޑިއާ ގިވްއަވޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، މީގައި ބައިވެރިވުމަށް ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ފޮލޯކުރުމަށްފަހު، ގިވްއަވޭ ޕޯސްޓް ސްޓޯރީއަށް ޝެއާކޮށް، ޕޯސްޓުގައި "Done #Dhiraagu" ޖަހައި ކޮމެންޓު ކުރަން ޖެހެއެވެ.

ދިރާގުން މި ގިވްއަވޭ ބާއްވަނީ ކުންފުނީގެ އަހަރީ ދުވަހުގެ އުފާ ކަސްޓަމަރުންނާ ހިއްސާކުރުމުގެ ގޮތުން ކަމަށް ދިރާގުން ބުނެފައިވެއެވެ. މި ގިވްއަވޭގައި ހަދިޔާގެ ގޮތުގައި ދޭން ހަމަޖެހިފައިވާ އައިފޯން 17 ޕްރޯ މެކްސްއަކީ މިދިޔަ މަހު އެޕަލްއިން ނެރުނު އެންމެ ވަރުގަދަ ފޯނެވެ. އަދި މިއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ފޯނެއްވެސް މެއެވެ.

ދިރާގަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެންމެ ދުވަސްވީ ކުންފުނި ކަމަށްވާއިރު، އިއްޔެ ފާހަގަކުރީ އެ ކުންފުނީގެ 37 ވަނަ އަހަރީ ދުވަހެވެ. މި މުނާސަބަތުގައި ކުންފުނިން ވަނީ އެކި ބާވަތުގެ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރާވާފައެވެ.

މިއަދު އޮންލައިން