ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ސާޖިދާ ވިދާޅުވެފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމައަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރިންނަށް ޝުކުރާއި މަރުހަބާ ތަކުރާރު ކުރައްވާ ކަމަށެވެ.
މީގެއިތުރުން ސާޖިދާ އެދިވަޑައިގެންފައިވަނީ "ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުން" ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ގައުމުގެ އިގްތިސާދުގެ މައި ލޭނާރު ކަމުގައިވާއިރު، 1972 ވަނަ އަހަރު ކުރުފުށީގައި ފެށުނު މި ސިނާއަތް މިއަދު ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަށް ވެފައެވެ.