ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވަނީ

ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފައެވެ. "މާލެ ވޮކޭޝަނަލް ހައި ސްކޫލު" ގެ ނަމުގައި ހުޅުވޭ މި ސްކޫލަށް ދަރިވަރުން ވެއްދުމަށް ރޭ ވަނީ އިއުލާނު ކޮށްފައެވެ.

މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޫލަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހާ ހަމައަށް އޮންނާނެއެވެ. އަދި ޖާގަ ލިބޭ ދަރިވަރުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން އެކަން އަންގަމުން ގެންދާނެއެވެ. ސްކޫލަށް ވަނުމަށް އެދި ހުށަހެޅުމަށް ގޫގުލް ފޯމް އަދި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

މި ސްކޫލުގައި 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި އާކިޓެކްޗަރަލް ޓެކްނޮލޮޖީއާއި ޑިޒައިން، ކޭކު ޑެކަރޭޝަން، އޮޓޮމޯޓިވް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ، ކާޕެންޓްރީ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ފޮޓޯގްރަފީ، ރިފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ އަދި ކުދި ވިޔަފާރި މެނޭޖުކުރުން ހިމެނެއެވެ.

މި ސްކޫލަށް ވަނުމަށް އެދި ހުށަހަޅާ ދަރިވަރުންގެ ކިބައިގައި ދެ މައިގަނޑު ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށްފައިވުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިނުވުމެވެ. ޖާގަ ލިބޭ ދަރިވަރުންނަށް ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދުތައް އެޕްލިކޭޝަން ހުށަހަޅާފައިވާ މެއިލަށް ފޮނުވާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން