އެމްޑީޕީއިން މިރޭ ބާއްވާ މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިންގަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމްޑީޕީއިން މިރޭ ބާއްވާ މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިންގަން ފަށައިފި

އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުންދާ ފުލުހުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ކުރިމަތިލާ ހަމަނުޖެހުން ހިންގަން ފަށައިފިއެވެ.

މިރޭ 8:30 ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަޙައްދުން ފެށުނު މުޒާހަރާގައި ބައިވެރިން މަގުތަކަށް ނިކުތުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ވަނީ މާލޭގެ ބައެއް މަގުތައް ބަންދުކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންގެ ބެރިކޭޑްތައް އުކާލައި، ފުލުހުންނާ ކުރިމަތިލަމުންނެވެ.

އެއްވެ އުޅުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާގައި، އެ ޤާނޫނުގެ ދަށުން މަނާ ސަރަޙައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ނޫން. އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން" ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ވަގުތު ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަމުންނެވެ. އަދި ހަމަނުޖެހުން އިތުރަށް ބޮޑުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

މިއަދު އޮންލައިން