ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރއިން އއ. އުކުޅަހުގައި ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ 400 ކިލޯވޮޓްގެ ޖެންސެޓު އޯވަރހޯލްކުރުމަށްފަހު އެ ޖެންސެޓުން އަލުން ޚިދުމަތް ދޭން މިހާރު ވަނީ ފަށައިފައެވެ.
ސްޓެލްކޯއިން ބުނީ މިއީ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ކަށަވަރުކޮށްދިނުމަށް ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ސްޓެލްކޯއަކީ މެއިންޓަނޭންސް މަސައްކަތްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއްދޭ އަދި ގަޑިހަމަވެގެން މައްސަލައެއް ޖެހުމުގެ ކުރިން ދޭންޖެހޭ "ފަރުވާ" ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ކުންފުނީގެ އެންމެ ބޮޑުފަޚުރަކީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއް ޙައްލުކުރުމަށް ޤާބިލު، ހީވާގި މުވައްޒިފުންތަކެއް ތިބިކަމެވެ.