އެމްޑީޕީން މިރޭ ކުރާ މަޒާހަރާގައި ބައިވެރިވި ގިނަ ބައަކު ސަރަޙައްދު ދޫކޮށް މިހާރުވަނީ ގޮސްފައެވެ. މުޒާހަރާ ދޫކޮށް ދިއަ މީހުން ބުނެފައިވަނީ އެމީހުން އެއްވީ ފުލުހުންނާއިއެކު ވެފައިވާ އެއްބަސްވުމާއިއ އެއްގޮތަށް މުޒާހަރާކުރަން ކަމަށާއި އެނބުރިދަނީ ޞުލޙްވެރި އެއްވުމެއް ކަމަށް ބުނެފައި އެއްވުން ހަމަނުޖެހުމަކަށް ބަދަލުކުރުމުން ކަމަށެވެ.
އެއްވެސް ހަމަނުޖެހުމަކަށް ބަދަލުކުރަން ޖެހުނު ސަބަބެއް ކަމަށް ބެލެވެނީ 10000 މީހުން ބައިވެރިވާނެ ކަމަށް ބުނަމުން އައި އެއްވުމުގައި 2000 ވަރަކަށް މީހުން ބައިވެރިވުމުން ލިބުނު މާޔޫސްކަން ބޮޑުވުމެވެ.
މުޒާހަރާއަށް ރާއްޖެތެރެއިން ގެނައި ގިނަބައަކު މުޒާހަރާގައި ބައިވެރި ނުވިކަން ފާހަގަކުރެވޭއިރު ޢާންމުކޮށް އެމްޑީޕީގެ މުޒާހަރާތަކުގައި މާލެއިން ބައިވެރިވާ ގިނަ ބައަކުވެސް މިރޭގެ މުޒާހަރާގައި ބައިވެރިނުވާކަން ފާހަގަކުރެވެއެވެ.
އެމްޑީޕީ ފަދަ ބޮޑު ޕާޓީއަކުން 2،3 މަސް ވަންދެން މެކްހަށް ޖަހައި ބޮޑެތި ޚަރަދުތައްކޮށްގެން ބޭއްވި އެއްވުމެއްގައި 2000 ވަރަކަށް މީހުން ބައިވެރިވުމުން މިރޭގެ އެއްވުމަށް ގިނަ ބައެއްގެ ތާއީދު ނެތްކަން އެނގިގެންދެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ މިއެއްވުމުގެ ބޭނުމަކީ އެމްޑީޕީގެ ވެރިކަމުގައި ވެފައިވާ ބޮޑެތި ޚިޔާނާތްތަކުގެ ގިނަ މައްސަލަތައް ބަލަން ފެށުމުން ސަރުކާރަށް ބިރުދެއްކުން ކަމަށެވެ.
މުޒާހަރާ ފެށިގެން އައިއިރު އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންތަކެއް ތިއްބެވިނަމަވެސް ރައްޔިތުން މަގުތަކަށް ނެރުމަށްފަހު ގިނަބޭފުޅުންވަނީ ސަރަޙައްދު ދޫކުރައްވައި ވަޑައިގެންފައެވެ.