ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ޚިޔާނާތްތެރިވާ ގިނަ މީހުން އެކަންކުރަނީ އެއްވެސް ބޭނުމެއް ނުފުދިގެން ނޫންކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާއަށް ޚިޔާނާތްތެރިވާ ގިނަ މީހުން އެކަންކުރަނީ އެއްވެސް ބޭނުމެއް ނުފުދިގެން ނޫންކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

"ގިނަ މީހުން ބައިވެރިޔާއަށް ޚިޔާނާތްތެރިވެފައި އެކަންކުރަންޖެހުނު ސަބަބުކަމަށް ބުނެ ތަފާތު ބަހަނާތައް ދައްކައެވެ. އަހުރެން އެއިން އެއްވެސް ބަހަނާއެއް ޤަބޫލުކުރާކަށް ނެތީމެވެ. ސަބަބަކީ ދެމީހުންނަށް އެކުގައި އުޅެވެން ނެތްނަމަ ވަކިވެވޭނެ ގޮތްތައް އެބަހުއްޓެވެ. އެއްވެސް އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް އެކަމަށް ގޮތެއް ނެތިގެން ހުންނާކަށް ނުޖެހޭނެއެވެ.  

އަހުރެން ޤަބޫލުކުރާ ގޮތުގައި ވަކިވާންޖެހޭ މައްސަލައެއް އޮތަސް ނެތަސް އެކުގައި އުޅެން ބޭނުންނުވާނަމަ ވަކިވުމަކީ މައްސަލައެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެޙައްޤުގެ ބޭނުން ރިވެތި ގޮތުގައި ހިފުމުން އެކަންއެނިމުނީއެވެ." 

މިއީވެސް ބައެއް މީހުންގެ ވިސްނުމެވެ. އެވިސްނުމަށް ބަހެއް ބުނާކަށް ނެތީމެވެ. ތިރީގައި އެވަނީ އޭނާ އެބުނި ބަހަށް ބާރުލިބޭ ޙާދިސާއެއްގެ ވާހަކައެވެ. ހުރިހާ ބޭނުންތަކެއް ފުދިގެން އިން މިލިއަނަރެއްގެ އަނބިމީހާގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!   

އަންހެނަކަސް، ފިރިހެނަކަސް ކިތަންމެ ތަނަވަސް ބައިވެރިޔައަކާއި ކައިވެނިކުރެވުނަސް ހިތް ނުފުރެނީ ކީއްވެ؟ ކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ. މިފަދައިން ސުވާލުކުރައްވާ ފަރާތްތަކަށް ތިރީގައިވާ ލިޔުމުން ޢިބްރަތްތެރި ފިލާވަޅެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

ކްލައުސް އަކީ އެމެރިކާގައި ދިރިއުޅޭ މިލިއަނަރެކެވެ. ޔޫއޭއީއަށް އައިސް އުޅެމުން ގޭގެ ހާލު ބަލާލަން ގޭ ނަންބަރަށް ގުޅުމުން ފޯނު ނެގީ 4 އަހަރުގެ އަންހެން ދަރިފުޅެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލާފައި މަންމަ ކޮބައިތޯ ސުވާލުކުރުމުން ބުނީ ރިޗަރޑް ބޮޑުބޭބެ އާއިއެކު ބައްޕަ ނިދާކޮޓަރީގައިކަމަށެވެ.  

ކްލައުސްއަށް މިހިނގާ ކަންކަން ވިސްނުމުން ބުންޏެވެ. "ދަރިފުޅާއެވެ. "0772" ޖެހީމާ ދޮރުފަތް ހުޅުވޭނެއެވެ. ދޮރުފަތް ހުޅުވާފައި 3 މިނިޓް ތެރޭ ބައްޕަ ގެއަށް ވަންނާނެކަމަށް ބުނާށެވެ!  ފޯނުކަނޑާނުލާށެވެ. ވީގޮތާ ފެނުނުކަންކަން ބައްޕައަށް ކިޔައިދޭށެވެ."  

ބައްޕަ ބުނި ގޮތަށް ކަންކަން ކުރުމަށްފަހު ދަރިފުޅު ކިޔައިދޭން ފެށިއެވެ. "ބައްޕަ އަންނަ ވާހަކަ ބުނާއިރަށް މަންމަ އެނދުން ފުންމާލައިފިއެވެ. މަންމަ ހުރީ ހެދުންވެސް ނުލައެވެ. ބައްޕަ ދެކެ ވާލޯބިން އަވަހަށް ބައްދާލަންވެގެން ދުއްވައިގަތްތަނާ ދޮރުކަނީގައި ބޯޖެހިފައި ވެއްޓުނު ގޮތަށް ވާހަކައެއް ނުދައްކައެވެ.  

ރިޗަޑް ބޮޑުބޭބެ ވެސް އަވަސް އަވަހަށް އެނދުން ފުންމައިލިއެވެ. ބޮޑުބޭބެވެސް ހުރީ ހެދުމެއް ނުލައެވެ. ބާރަށް ދުވެފައި ގޮސް ކުޑަދޮރަކުން ސްވިމިންގ ޕޫލަށް ފުންމާލައިފިއެވެ. އެކަމަކު ޕޫލުގަ ޖެހުމުން ފެން ބޮކި އަރާތަނެއް ނުފެނުނެވެ."  

އެވަގުތު މިލިއަނަރަށް ބުނެލެވުނެވެ. "ހާދަ ދެރައެވެ! މަސައްކަތެއް ކުރަންވެގެން ޕޫލުން ހުންނާނީ ފެންހުސްކޮށްފައެވެ."  

"(މިވާހަކަކޮޅު އަޅުގަނޑާ ހިއްޞާކުރީ ރައްޓެއްސެކެވެ. އެފްބީޕޯސްޓަކުންނެވެ. ޚުލާޞާ ކޮށް ޙިއްޞާކޮށްލި ބޭނުމަކީ އަބަދުހެން އަޑު އިވެނީ ފިރިމިހާއަށް ލިބޭ މިންވަރު މަދުވެގެން ދުނިޔޭގަ އުދުހެން ބޭނުންވެގެން ތަނަވަސް މީހުން ފަހަތުން އަނބިން ދުވާ ވާހަކައެވެ. އަޅުގަނޑަކީވެސް ފަޤީރަކަށްވާތީ އަދި އެކަމުގެ ހިތި ތަޖުރިބާވެސް ގިރާފައި ދިނުމުން ވަރަށް ގިނައިން ބޮޔެގެން ހުރިވެސް މީހަކީމެވެ.  

އަޅެ ނިކަން ވިދާޅުވެބައްލަވާށެވެ! މިލިއަނަރުގެ އަނބިމީހާ ރިޗަޑް އަންކްލް ކޮޓަރިއަށް ވައްދައިގެން އެކުރިކަމެއް ކުރީ ހަމަ އޭނާގެ ފިރިމީހާ ފަޤީރުކަމުން އޭނާގެ އަތަށް ފައިސާފޮތްޗެއް ލައި ނުދެވޭތީތޯއެވެ؟" 

 

- ޝިފާޒް މުޙައްމަދު/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން