ރ، ދ، ލ އަދި ށ އަތޮޅުގައި މިއަހަރު އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރ، ދ، ލ އަދި ށ އަތޮޅުގައި މިއަހަރު އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރަނީ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ ހަތަރު އަތޮޅެއްގައި މިއަހަރު އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ، މިފަދަ ނާދީތައް ޤާއިމްކުރުމަށް 60 ކައުންސިލަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ހާމަކުރެއްވި ގޮތުގައި މިއަހަރު ތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރެވޭނީ ރ. އަތޮޅު، ދ. އަތޮޅު، ލ. އަތޮޅު އަދި ށ. އަތޮޅުގައެވެ. މި ނާދީތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާނީ އެ ރަށްރަށުގެ ކައުންސިލްތަކުން ކަމަށާއި، ނަމަވެސް ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ނާދީތަކަކީ އުމުރުން ދުވަސްވީ މީހުންނަށް އެއްވެ އުޅެވޭނެ މަރުކަޒުތަކެއްގެ ގޮތުގައި ޤާއިމްކުރެވޭ ތަންތަނެވެ. މިފަދަ ނާދީތަކުގެ ސަބަބުން އިސްރަށްވެހިންނަށް އިޖްތިމާޢީ ގުޅުން ބަދަހިކޮށް، އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން