ރާއްޖެއާ ކައިރި ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު: ޙުސައިން އަފީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރާއްޖެއާ ކައިރި ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު: ޙުސައިން އަފީފް

ރާއްޖެއާ ކައިރި ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ވައިސް ޗެއަރމެން ޙުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ "ޓޫރިޒަމް އެޓް 50 ޕްލަސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ދުރު މަންޒިލްތަކުގެ ފަތުރުވެރިންނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ކައިރި ސަރަޙައްދުތަކުގައިވާ ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މި ސްޓްރެޓެޖީގެ މުހިންމުކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، އެކިއެކި ސަބަބުތަކާ ހުރެ ފަތުރުވެރިކަމަށް ލޮޅުން އަރާ ޙާލަތްތަކުގައި، އެ ލޮޅުމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކައިރީގެ މާކެޓްތަކުން ފުޓް ހޯލްޑް ބޯޑުކުރުން އަސްލު ވަރަށް މުހިންމުކަމަށް. އެއީ ޔޫރަޕްގެ ހިސާބުގަ އެމީހުން ކޮންމެ ކަމެއް ކުރިޔަސް މިހިސާބުގަނޑުގައި އުޅޭ ގެސްޓުން އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ވަރަށް މުހިންމުކަމެއް ކަމަށް،" މަޓީގެ ވައިސް ޗެއަރމެން ވިދާޅުވިއެވެ.

އަފީފް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަ ކުރުމަށާއި، ކޮންމެ ހާލަތެއްގައިވެސް ދެމިހުރެވޭނެ ގޮތަކަށް މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން