ހަނިމާދޫގައި އައިޑީކާޑުގެ ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ހަނިމާދޫގައި އައިޑީކާޑުގެ ޚިދުމަތް ދޭން ފަށައިފި

ހދ.ހަނިމާދޫގައި އައިޑީކާޑުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ފެށުމާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަހަރުގެ އޮގަސްޓް މަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތް އެދިވަޑައިގަތުމަކަށް އިޖާބަދެއްވައި ޤާއިމްކުރެވުނު ޚިދުމަތެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ހަނިމާދޫ ކައުންސިލުން މި ޚިދުމަތަށް އެދިވަޑައިގަތްތާ އެންމެ 39 ދުވަސްތެރޭ މި ޚިދުމަތް ޤާއިމްކުރެވިފައިވުމެވެ. މިހާރު ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީކާޑުގެ ޚިދުމަތް ދެމުން ގެންދެއެވެ.

ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. މި ސިޔާސަތުގެ ދަށުން އިތުރު ރަށްރަށުގައިވެސް މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން