މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މެދުވެރިކޮށް، ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ.
ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދިނުމަށް، ބޭނުންވާ ފަރާތްތަކުން މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.
އަދި މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ކޮންސަލްޓަންސީ ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހަޅަންޖެހެއެވެ.
އަދި މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ވަނީ ހިމަނާފަ އެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވުމަށް ހަމަޖެހިފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މި ކަމަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ހުރިހާ މައުލޫމާތު ހިމެނޭހެން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އެ ނިސްޓްރީން ބުނީ، މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވާނެ ކަމަށެވެ.
-----
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ.
މި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 5 އޮކްޓޫބަރު 2025ވާ އާދިއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓުން ފޯރުކޮށްދެމުންގެންދާނެ އެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހު 14:00:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.
ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް:
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349113, +960 3349106, +960 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
ޕްރޮޖެކްޓް ނަންބަރު : TES/2025/C-005
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/362432
ހަބަރު: ސަރުކާރު