ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ: އެމްއޭސީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ: އެމްއޭސީއެލް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ކުރެވެމުންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ ސީއީއޯ ވިދާޅުވީ އެއާޕޯޓުގައި މިވަގުތު އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި މުހިންމު ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު ފަސީހު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ދިވެހި ފުލުހުންގެ ޚިދުމަތް، އެމްއެންޑީއެފް އަދި މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް ހިމެނޭގޮތަށް ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުގެ އިސް އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި ޤާއިމުކުރެވިފައިވާ މުހިންމު އެއާޕޯޓެއް ކަމަށްވެފައި، އެމްއޭސީއެލްގެ ބެލުމުގެ ދަށުން މި އެއާޕޯޓް ހިންގުމަށް ހަވާލުކުރެވުމާއެކު، އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން