އައްޑޫގެ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އައްޑޫގެ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް: ރައީސް

އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ނެގުމަށް ހަމަޖެހިފައިވާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މި ވޯޓުގައި ސަރުކާރުން އިޚްތިޔާރުކުރާ ވަކި ނަތީޖާއެއްވެސް ނެތް ކަމަށެވެ. އަދި "ރައްޔިތުންގެ ވޯޓުން، މެޖޯރިޓީއިން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރައްވާނެ" ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އައްޑޫގެ ރަށްތަކުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމެވި ނިންމެވުން ރައީސް އިޢުލާނު ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހު އޮތް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައެވެ. މިފަދަ ވޯޓެއް ނެގުމަށް ނިންމެވި ސަބަބުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެކަމަށް އެދިފައިވާތީ ކަމަށެވެ.

މި ވޯޓަކީ ތާރީޚީ ވޯޓެއް ކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ. އެއީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ނެގޭ ފުރަތަމަ ވޯޓަށް ވާތީއެވެ.

މި ވޯޓުގެ ނަތީޖާއަށް ބިނާކޮށް، އައްޑޫގެ ރަށްތަކުގެ ކައުންސިލްތަކުގެ މުސްތަޤުބަލް ކަނޑައެޅިގެންދާނެއެވެ. އަދި މިއީ ރައްޔިތުންގެ ބައިވެރިވުމާއެކު ނިންމޭ ނިންމުމަކަށް ވެގެންދާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން