ސުވަރުގޭގެ ފުރިހަމަކަމުގެ ތެރެއިން: ސުވަރުގެއަށް ވައްދަވާ މީހުންނަށް އެމީހަކަށް ޙައްޤު ދަރަޖައާ އެމީހަކަށް ޚާއްޞަ ގަނޑުވަރުކޮޅު ދައްކާކަށްވެސް ނުޖެހޭނެ! "އޮޓޯއިން" ދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސުވަރުގޭގެ ފުރިހަމަކަމުގެ ތެރެއިން: ސުވަރުގެއަށް ވައްދަވާ މީހުންނަށް އެމީހަކަށް ޙައްޤު ދަރަޖައާ އެމީހަކަށް ޚާއްޞަ ގަނޑުވަރުކޮޅު ދައްކާކަށްވެސް ނުޖެހޭނެ! "އޮޓޯއިން" ދެވޭނެ!

ސުވަރުގެއަށް ވައްދަވާ މީހުންނަށް އެމީޙުންނަށް ޙައްޤު ދަރަޖައާ އެމީހަކަށް ޚާއްޞަ ގަނޑުވަރުކޮޅު ހުރިތަން ދައްކަވާނީ މަލާއިކަތުންތަ؟ 

މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ޖަވާބަކީ ކޮންމެ މީހަކަށްވެސް ސުވަރުގެއިން މަލާއިކަތުން މަރުޙަބާ ވިދާޅުވާނެތެވެ. ނަމަވެސް އެމީހަކަށް ޚާއްޞަވެގެންވާ ގަނޑުވަރުކޮޅު އެމީހަކަށް ދައްކަވާކަށް ނުޖެހޭނެއެވެ. އެމީހަކަށް އަމިއްލައަށް އެމީހާގެ ގަނޑުވަރުކޮޅަށް ދެވޭނެއެވެ.  

އަހުރެން މިބުނީ އެކަން އަހުރެންނަށް އެނގޭ މިންވަރަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ދުނިޔޭގައި ހޮޓާތަކަށް ދިއުމުން ކޮޓަރި ދައްކަން މީހަކުދާ އުޞޫލެއް ސުވަރުގެއަކު ނުއޮންނާނެއެވެ. ސުވަރުގޭގެ އިންތިޒާމްތައް މާފުރިހަމަވާނެއެވެ! އައްރަޙްމާން ސޫރަތް މާނައިން ސުވަރުގޭގެ ފުރިހަމަކަމުން މިންވަރެއް އެނގޭނެއެވެ. ތަފްސީރުކިޔައިލުމުން އިތުރަށް އެނގޭނެއެވެ.  

އަހުރެމެންނަށް ކުރަން އޮތް ކަމަކީ ސުވަރުގެ ލިބުން ޙައްޤުވާ މީހަކަށްވުމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން