ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށް ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށް ބިންގާއަޅައިފި

އަރިއަތޮޅު ދެކުނުބުރި ދިއްދޫގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް، މިއަދު އެ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި ސެންޓަރު ޤާއިމްކުރުމުން ދިއްދޫގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ކުޅިވަރުކުޅުމާއި ހަށިހެޔޮކަން ދެމެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވަނީ އަރިއަތޮޅު ދެކުނުބުރިއަށް ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެކި ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި، ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވައެވެ.

މިއަދު އޮންލައިން