ރައީސް ފެންފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރައީސް ފެންފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެންފުއްޓަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް މުޢިއްޒަށް މަރުހަބާ ދެންނެވުމަށްޓަކައި ފެންފުށީ ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

މި ދަތުރުފުޅަކީ ރައީސް މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވެއެވެ.

ފެންފުށީގެ ރައްޔިތުން މި ދަތުރުފުޅާ ގުޅިގެން ފާޅުކުރައްވަމުންދަނީ ވަރަށް ބޮޑު އުފާވެރިކަމެކެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ރައީސްގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުން ތައްޔާރުވެފައިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން