ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދޭނަން: ރައީސް

އދ. ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި ރައީސް މިވާހަކަ ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއު ނިމިގެންދާއިރު ފުޓްބޯޅަ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވޭނެއެވެ. އަދި މިހާރުވެސް މި ސަރުކާރުން ވަނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދީފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ފުޓްބޯޅަ ދަނޑު ކަންތަކުގައި އަޅުގަނޑު ހަމަ ދަންނަވާލަން. އަޅުގަނޑުމެން މިހާރު ރަށްރަަށުގައި ދަނޑުތައް އެއީ ކޮންމެ ކުޅިވަރަކާއި ގުޅޭ ދަނޑެއްވިޔަސް ހަދާއިރު މި ހަދަނީ ރޭގަނޑު ލައިޓްވެސް ޖެހޭ ގޮތަށް. މިރަށުގައި އަޅުގަނޑުމެން މިއޮތީ މި ސަރުކާރުން ޓާފްގެ މަސައްކަތް ނިންމާފަ. މިއަދު މި ހަވާލުކުރީ ޓްރެކް. ޓްރެކްގެ މަސައްކަތް ނިމިގެންދާއިރުގައި ދަނޑުގައި ލައިޓްވެސް ހަރުކުރެވި ރޭގަނޑު ކުޅެވޭ ގޮތަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ފެންފުށީގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ތަރައްގީވެ، ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން