މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ސަމިޓް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ސަމިޓް ނިންމާލައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ލީޑަރޝިޕް އިތުރުކޮށް އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް މަޝްވަރާކުރުމާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭއްވި މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ސަމިޓް 2025 ނިންމާލައިފިއެވެ. 

ކްރޮސް ރޯޑްސް، މޯލްޑިވްސްގައި ކުރިއަށްގެދިއަ މި ސަމިޓް ފައްޓަވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިންޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑު މޯލްޑިވްސްގައި ކުރިއަށްގެންދިޔަ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވަސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އައިޝާ ނޫރައިން ޖަނާހްއެވެ.

މި ސަމިޓްގައި ސަލާމަތީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުންވެސް ބައިވެރިވިއެވެެ. ޕީއެސްއެމްނިއުސްއާއި ވާހާކަދައްކަމުން މި ސަމިޓުގެ ބައިވެރިންވަނީ މި ސަމިޓުގެ މުހިންމުކަމާއި، އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނޭ ގޮތުގެ މުހިންމު މައުލޫމާތު ތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން