ރައީސް ޑރ.މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރައީސް ޑރ.މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވަން: ޤާސިމް

ރައީސް ޑރ.މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފެންފުށީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރައްވާފައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީ އެކުލަވާލި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފަދަ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވައެވެ. އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރިކަމާއެކު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާކަން ޤާސިމް އިބްރާހީމް ފާހަގަކުރެއްވިއެވެ.

"ހުޝާމަތުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަތެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ" ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން