ކިޔުންތެރިން އެންމެ ގިނައިން އެދޭ އެއްކަމަކީ ކޮންމެވެސް ކަމެއް މެދުވެރިވެގެން އެކަމަކުން ސަލާމަތްވުމަށް ކުރާނެ ހެޔޮދުޢާއެކެވެ! އެކަން އެގޮތަށް މެދުވެރިވަނީ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް ވަރަށް ގިނަ ތަކްލީފްތަކެއްގައި ދިރިއުޅެން ޖެހިފައިވާ މީހަކަށްވާތީއެވެ.
ޔަޤީންކުރަންވީ ކަމަކީ އެމީހަކަށް ނުއުފެލޭނެވަރުގެ ބޮޑު ތަކްލީފެއް އެއްވެސް މީހަކަށް ނުޖައްސަވާނެ ކަމެވެ. ދެން އޮތީ ތަކްލީފްތަކުން ސަލާމަތް ކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. އެހެންވެ މިފަހަރު ހަދިޔާއެއްގެ ގޮތުން މިގެނެސްދެނީ ޤުރްއާނާއި ސުންނަތުން ޘާބިތުވާ 5 ދުޢާއެވެ!
1 ކެތްތެރިކަން ދެއްވެވުން އެދި:
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِين
2 ހިތްދަތިކަމާ ކަންބޮޑުވުންތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
3 ޢާއިލީ މައްސަލަތަކާ، ދަރަންޏާ، ޞިއްޙީ މައްސަލަތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:
يَا حَيُّ يَا قَيُّوْمُ بِرَحْمَتِكَ أَسْتَغِيْث
4 ދިމާވާ މައްސަލަތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:
اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَا أَنْتَ
5 ދަރަނިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި:
اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكِ عَمَّنْ سِوَاكَ
ޔަޤީންކުރަންވީ ކޮންމެ ކަމެއްވެސް ކުރިމަތިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ހިންމަވައި ދެއްވެވުން އޮތީ ހަމަ އެކަލާނގެ ޙަޟްރަތުން ކަމެވެ. ހަމަ އެއާއިއެކު ކޮންމެ ދުޢާއެއްވެސް ކުރަންވާނީ ޢިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން