ބިރުވެތިނުވެ ތިއަ އިންތިޒާރުކުރަނީ ތިބާހުރިދިމާއިން ފަސްގަނޑު އަޑިއަށްދާނެ ވަޤުތަށް ނޫނީ ގެފުޅު މުގުރަންދިއަ މީހުންގެ ބޮލަށް އޮއްސެވިފަދަ "ބޮމެއް" އަޅުއްވަވަންދެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ބިރުވެތިނުވެ ތިއަ އިންތިޒާރުކުރަނީ ތިބާހުރިދިމާއިން ފަސްގަނޑު އަޑިއަށްދާނެ ވަޤުތަށް ނޫނީ ގެފުޅު މުގުރަންދިއަ މީހުންގެ ބޮލަށް އޮއްސެވިފަދަ "ބޮމެއް" އަޅުއްވަވަންދެން ހެއްޔެވެ؟

ފުރަތަމަވެސް ބަލައިލަންވީ ފީލްބާގައިގެ މީހުންނަށް ޖެއްސެވި ނިކަމެތި ޙާލާއިމެދުގައެވެ.  

"އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލް ބާގައިމީހުންނާމެދު (ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟

އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟

އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބައަށް ދޫނިތަކެއް ފޮނުއްވެވިއެވެ.

ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާއަށް އުކަތެވެ.

ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވެވިއެވެ."

(އަލްފީލް ސޫރަތް- 1-5) 

ﷲ ތަޢާލާ އާއި ޢަދާވާތްތެރިވެ ދުޝްމިނުވެ ގޮންޖަހަމުން މިއަދު ގެންދާ މީހުންނަށް ވެސް މިކަންކަމުގެ ޙަޤީޤަތް ހަމަ ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެއިން ކޮންމެ މީހަކުވެސް ހިއްޕަވަން ﷲ ތައާލާ އިރާދަކުރެއްވެވުމުން ނިމިގެންދާނީ ހަމަބަލިކަށިކަންމަތީގައެވެ. ދެއްކޭނެ އެއްވެސް ގަދަކަމެއް އަދި ބަހަނާއެއްވެސް ނުއޮންނާނެއެވެ.

އަބްރަހާ ގެފުޅު މުގުރާލަން ނުވަތަ ތަޅައި ފުނޑުފުނޑުކޮށްލަން މައްކާއަށް ދިއައީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޔަމަނުގައި އެޅި ބިނާއަށް އަޅުކަންކުރަން ދާނެ ބައަކު ނުވުމުންނެވެ. އޭނާ ދިއައީ ބޮޑު ބިޔަ އެތެއްގެ މަތީގައެވެ. އެއިރު އެތަކީ މައްކާއަށް އައު އެއްޗެކެވެ. އޭނާގެ ބާރުގަދަކަން ދައްކަން އޭނާގެ ލަޝްކަރުގެ ބާރު ގަދަކަން ދައްކަން ޔަމަނުން ފެށިގެން ދަތުރުކުރީ ފައިމަގުގައެވެ.

ފައިމަގުގައި ދަތުރުކުރަމުން އައިސް މައްކާގެ ރަށްބޭރުން ރަސޫލް (ﷺ)ގެ ކާފާކަލުން އަބްދުލްމުއްޠަލިބްގެފާނުގެ އަސްތަކެއް ފެނުމުން އަސްތައް ފޭރިގަތެވެ. އެކަން އެނގިވަޑައިގަތުމުން އެއީ އެކަލޭގެފާނުގެ އަމިއްލަފުޅު މުދައު ކަމަށްވިދާޅުވެ އަސްތައް ދިނުމަށް އެދިވަޑައިގަތެވެ.

ޖަވާބުގައި އަބްރަހާ ބުނީ ކުދިކުދި އަސްތަކަކާއިހުރެ ކަންބޮޑުވެވަޑައިގަންނަވަނީ ކީއްވެގެންތޯއެވެ؟ ތިމަންނާ މި ބޮޑު އެތް ގޮވައިގެން މިއައީ އެހެރަ ބޮޑު ގެފުޅު ތަޅައި ސުންނާފަތިކުރުމަށެވެ. އެހިނދު ޢަބްދުލްމުއްޠަލިބްގެފާނު ވިދާޅުވީ ތިއަ އަސްތަކަކީ ތިމަން ކަލޭގެފާނުގެ އަމިއްލަފުޅު ތަކެތި ކަމަށެވެ. ޙަރަމްފުޅުގެ ވެރިފަރާތެއް ވޮޑިގެންވާ ކަމަށާއި އެފަރާތުން ޙަރަމްފުޅު ޙިމާޔަތްކުރައްވަވާނެ ކަމަށެވެ.

ދެން ކަންތައް ވެގެން ދިއަގޮތް ކީރިތި ޤްރުއާނުގެ އަލްފީލް ސޫރަތުން މިއޮތީ އެނގޭށެވެ. ﷲ ތަޢާލާ އަބްރަހާ އާއި އޭނާ ގެންދިއަ ބޮޑު، ބިޔަ އެތާއި އޭނާގެ ލަޝްކަރުގެ މައްޗަށް ފޮނުއްވެވީ ކުދިކުދި ދޫނިތަކެކެވެ. ދޫނީގެ ތުނބުގައިވަނީ ކުޑަކުޑަކުޑަ ގައުކޮޅެކެވެ. ނަތީޖާއަކަށްވީ ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އަބްރަހާ އާއި އޭނާގެ ބިޔަ ލަޝްކަރަށްވެ ފަނާވެގެން ދިއުމެވެ.

ބިންމަތީގައި ﷲ ތައާލާ ލެއްވެވި އެންމެ މަތިވެރި ބިނާ، މައްކާގެ ޙަރަމްފުޅު މުގުރަން އަބްރަހާ އައީ އެ ޒަމާނުގައި ލިބޭނެ އެންމެ ބޮޑު، ބިޔަ ޖަނަވާރު ގޮވައިގެންނެވެ. ﷲ ތައާލާ ބޭނުންފުޅުވެވޮޑިގަތް ނަމަ އަބުރަހާ އާއި އޭނާގެ ލަޝްކަރުގެ މައްޗަށް ބިޔަ ފަރުބަދައެއްވެސް ވައްޓަވައި ލެއްވެވުނީހެވެ. އަދި އެ އެތަށްވުރެ އެތައް ގުނަ ބޮޑު ބިޔަ ޖަނަވާރެއްވެސް ފާކުރެއްވެވުނީހެވެ. ނަމަވެސް އެއިގެ ބަދަލުގައި ﷲ ތަޢާލާ ފޮނުއްވެވީ ކުދިކުދި ދޫނިތަކެވެ. އަބްރަހާ އާއި އޭނާގެ ބިޔަ ލަޝްކަރު "ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން" ހަދައިލީ އެ ކުދިކުދި ދޫނިތަކެވެ. ތުނބުގައި އުފުލި "ގާވެފައިވާ މަށީގެ ހިލަކޮޅުތަކުން" ތަޅައެވެ.

ﷲ ތަޢާލާ ކޯފާއެއް ފޮނުއްވަވަންވުމުން ބޮންއަޅާ ބޯޓުތަކާއި ކްލަސްޓަރ ބޮން ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ބިމުގައިވާ ވެއްޔަކީ ވެސް ކްލަސްޓްރ ބޮމަށްވުރެ މާބާރުގަދަ އެއްޗަކަށް ހެއްދެވުމަށް ކުޅަދުންވަންތައެވެ.   

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން