އެސްޑީއެފްސީ އިން ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެސްޑީއެފްސީ އިން ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އެސްޑީއެފްސީން މި މަސައްކަތް ފަށާފައިވަނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓް މެދުވެރިކޮށެވެ. އަދި ކުރިއަށް އޮތްތަނުގައި ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

އެސްޑީއެފްސީން ބުނާގޮތުގައި، ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އައު ބާބެއް ފެށުމާއެކު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުގެ ތެރެއިން، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯނު އަނބުރާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ހިމެނެއެވެ.

އެސްޑީއެފްސީން ހާމަކުރިގޮތުގައި މި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމުމަށް ވަނީ ރޭވިފައެވެ. މި ބަދަލުތަކާ ގުޅޭ މަޢުލޫމާތު ކަސްޓަމަރުންނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މިއަދު އޮންލައިން