ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް: ވަޒީރު

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރެވިގެންދިއުމަކީ މަސްވެރި ސިނާއަތަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށާ މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑު، އެލްއެލްއެފު ގުޅިގެން ބާސެލޯގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ ޒާމާނުއްސުރެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އައިސް ލިބުމުގެ ދަތިކަންކަމަށެވެ. އަދި އެކަމުގެ ސަބަބަުން އައިސް ހޯދަން މަސްވެރިން ދުއްވަންޖެހޭ މިންވަރު އިތުރުވެ ބޮޑު ހަރަދެއް އެކަމަށް މަސްވެރިން ކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލޮނު ފެނުން މަސް ފިނި ކުރާ ނިޒާމް ދޯނިތަކުގައި ގާއިމް ކުރުމުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރާ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން އައިސް ހޯދަން މަސްވެރިން އުފުލަމުންދިޔަ ތަކުލީފުތައް ނިމުމަކަށް އަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާރްއެސްޑަބްލިއު މަޝްރޫޢުގެ މަޤްޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށްދިނުން ކަމަށެވެ. މިނިޒާމުގެ ސަބަބުން،ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން