ހަންޏާމީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށް މަސައްކަތްފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހަންޏާމީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށް މަސައްކަތްފަށައިފި

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް، މިއަދު ވަނީ މަސައްކަތް ފަށައިފައެވެ.

މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ބިންގާ އަޅުއްވައި ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤްއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަންޏާމީދޫގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރެވިގެންދާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމްއެއް ޤާއިމްކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން ގިނަ ރަށްތަކެއްގައި މިހާރުވެސް ވަނީ މި މަސައްކަތް ފެށިފައެވެ.

މީގެ އިތުރުން، ރަށްރަށަށް ބޭނުންވާ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު އިތުރުވެ، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން