އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ފުރިހަމަ އެހީތެރިކަންދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ފުރިހަމަ އެހީތެރިކަންދޭނަން: ރައީސް

އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އަރިއަތޮޅު ދެކުނުބުރީ ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1329 ފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1330 ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި އެ ފަޅުތައް، އޮމަދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށު ފަތުރުވެރިކަމާއި، އެނޫން އިޤްތިޞާދީ މަސައްކަތްތަކަށް އެ ފަޅުތައް ބޭނުންކުރުމަށް ބޭނުންވާ އެހީތެރިކަން، ސަރުކާރުން ފޯރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރަށު ފަތުރުވެރިކަން ކުރިއެވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން، އަންނަ އަހަރުގެ ކުރީކޮޅު އޮމަދޫގައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރައްވާނޭކަން ވެސް އެ މަނިކުފާނު މިއަދު އިޢުލާންކުރެއްވިއެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ޚިދުމަތް ފޯރުކޮށްދެއްވުމަށް އިފްތިތާޙުކުރެއްވި މަޝްރޫޢުގެ ދަށުން، ފުރަތަމަ އެ ޚިދުމަތް ޤާއިމުކުރެއްވީވެސް އޮމަދޫގައެވެ.

މިއަދު އޮންލައިން