ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސްގެ އިސްނެންގެވުމާއިއެކު ކުރިއަށްދާ މަޝްރޫއެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސްގެ އިސްނެންގެވުމާއިއެކު ކުރިއަށްދާ މަޝްރޫއެއް: ވަޒީރު

ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއިއެކު ކުރިއަށްދާ މަޝްރޫއެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރުތައް ކުޅެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުޅިވަރާއި ގުޅުންހުރި ޓެކްނިކަލް މީހުން ތަމްރީނުކުރުމަށް އަމާޒުކޮށްގެން އަތޮޅުތެރޭގައި ކޯސްތައް ހިންގުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން، އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގައި ކުޅިވަރުގެ ދާއިރާއިން ކުދިން ވާދަވެރި ހަރުފަތަކަށް ގެނެވޭނެ ގޮތްތައް ދިރާސާކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

"ހަމައެގޮތުން ކުޅިވަރުގެ ރޮނގުން ޒުވާނުންނާއި އަދި ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންވާނެ ވަސީލަތްތަކާއި އަދި އެކަންކަން ކުރަން ބޭނުންވާނެ ޓްރެއިނިންގތަކާއި އަދި އޭގެ އިތުރުން އެކިއެކި ރޮނގުރޮނގުން ކުދިން ކޮމްޕެޓެޓިވް ލެވެލްއަށް ގެންނާނެ ގޮތްވެސް މިދަތުރުތަކުގައި އަޅުގަނޑުމެން ދެނެގަންނަމުން މިއަންނަނީ" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެވި، ކުޅިވަރުގެ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިގެންދާނެއެވެ.

މިއަދު އޮންލައިން