މީޑިއާ ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މީޑިއާ ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާ ނުލައި ހޮވިއްޖެއެވެ. މިއީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލުމާ ގުޅިގެން ދިމާވި ކަމެކެވެ.

މީޑިއާ ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމް އަދި ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ ހޮވިފައެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމް އަދި ޙުސައިން ޘަޤީފް ވަނީ ހޮވިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ބޭއްވުމަށް ނިންމާފައި އޮތީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މަޤާމަށް ކުރިމަތިލި އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ، އިންތިޚާބެއް ނުބާއްވާ މެންބަރުން ވަނީ ހޮވިފައެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ނިމުނުއިރު 190 ފަރާތަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅާފައެވެ.

މިއަދު އޮންލައިން