ރައިސްގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޙިދުމަތް ޤާއިމްކޮށް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރައިސްގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޙިދުމަތް ޤާއިމްކޮށް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިންމާލައިފިއެވެ. މި ޚިދުމަތް ފުރިހަމަވެގެން ގޮސްފައިވަނީ އދ. އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާ އެކުގައެވެ.

އދ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މަހިބަދޫގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. އޭރު ސަރުކާރުން ވަނީ އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ފަށާފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން މި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ޤާއިމްކުރެވި، ރައްޔިތުންނަށް ފަސޭހަކަމާއެކު އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ލިބެން ފަށާފައިވެއެވެ.

މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރެވުމާއެކު، ރައްޔިތުންނަށް މާލެއަށް ދަތުރުކޮށް، ވަގުތާއި ޚަރަދު ކުރުމަކާ ނުލައި، އެމީހުން ދިރިއުޅޭ ސަރަޙައްދުން މި މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން