ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙާއެކު 27 ބިލެއް މަޖިލީހަށް ހުށަހަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙާއެކު 27 ބިލެއް މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙާއެކު 27 ބިލެއް މިއަހަރުގެ ފަހު ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ޤާނޫނު އަސާސީއަށް ގެންނަ މައިގަނޑު އެއް އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އިސްލާޙެވެ. މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށް ވާތީ، ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙް ހިމެނޭގޮތަށް 27 ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބިލުތަކުގެ ތެރޭގައި ވަށާޖެހޭ ތަރައްޤީ ހާސިލުކުރުން ހަރުދަނާ ކުރުމުގެ ބިލުތަކާއި، ކޮރަޕްޝަން ނައްތާލުމާ ގުޅުންހުރި 6 ބިލު ހިމެނޭކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

"ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ޤާނޫނުގެ ތެރެއިން ހުރި ހުރަސްތައް ނައްތާލާ މިކަން ހަޤީގީ މާނައިގައި ރާއްޖޭގެ ނިޒާމްގެ ތެރެއިން އިރެޑިކޭޓް ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް އިސްލާޙްތައް މި ގެންނަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އަދި މި މަސައްކަތަކީ ހަމައެކަނި ޤާނޫނު އިސްލާހުވެގެން ވާނެ ކަމެއް ނޫންކަމަށާއި، މިއީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން