އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި މުދައްރިސުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ހަރުކޮށް ނިމިފަ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި މުދައްރިސުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ހަރުކޮށް ނިމިފަ: ރައީސް

އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި މުދައްރިސުން ތިބޭ ސްޓާފްރޫމްތައް ހުންނާނީ އޭސީ ހަރުކޮށް ނިމިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ހާމަކުރެއްވީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތްތައް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، "ކޫލް ސްކޫލް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ރައީސް ފާހަގަކުރެއްވި ގޮތުގައި ވަރަށް ހާލުގައި ހުރި ތަންތަން ފަހަރަކު ތަނެއް އޭސީކޮށް ނިންމައިދެއްވާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ 'ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2023-2024' ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް މާ ހިތްފަސޭހަ މާހައުލެއްގައި ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މިއަދު އޮންލައިން