ޔާ ﷲ! މިއަޅާގެ މަންމަގެ ފާފަތައް ފުއްސަވާދެއްވަވައި ޖަންނަތުލްފިރުދައުސްގައި ލައްވަވާނދޭވެ! އާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޔާ ﷲ! މިއަޅާގެ މަންމަގެ ފާފަތައް ފުއްސަވާދެއްވަވައި ޖަންނަތުލްފިރުދައުސްގައި ލައްވަވާނދޭވެ! އާމީން

ޔާ ﷲ! މިއަޅާގެ މަންމަގެ ފާފަތައް ފުއްސަވާދެއްވަވައި ޖަންނަތުލްފިރުދައުސްގައި ލައްވަވާނދޭވެ! އާމީން  

މަންމައަށް ބައެއް ފަހަރު ބުނެވޭ ބަސްތަކަށް ނުބަލައި މިފަދައިން ދުޢާކޮށްދޭށެވެ! ތިބާގެ މަންމައަށްވުރެ ބޮޑަށް ތިބާދެކެ ލޯބިވާނެ އަދި ތިބާއަށް ހެޔޮއެދޭނެ މީހަކުވެސް ނުހުންނާނެއެވެ. އެއީ ދުވާލުގެ އިރުފަދައިން ޔަޤީންކަމެކެވެ.  

ހިތްހަމަނުޖެހެވޭ ޙާލަތުގައި މައިންނަށްވެސް ނުރަނގަޅު ބަހެއްވެސް ބުނެވިދާނެއެވެ. އެކަން އެގޮތަށް ވުމަށް މެދުވެރިވާ ބައެއް ސަބަބުވެސް ބުނެލާނަމެވެ. 

ފުރަތަމަ ސަބަބު: ތިބާއަށް ކުރެވުނީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށްވެސް ވެދާނެއެވެ! ނަމަވެސް މަންމަގެ ކުރިމަތީގައި އެކަން ވަރަށް ބޮޑު ކަމަކަށްވަނީއެވެ. އެއީ އެހައި ލޯބިން ގެންގުޅެ ބޮޑުކުރި ދަރިފުޅުގެ ކިބައިން އެވަރުގެ ކަމެއްވެސް ފެންނަން ބޭނުންނުވާތީއެވެ. ފެނިދާނެކަމަށް އުންމީދުވެސް ނުކުރެވޭތީއެވެ!  

ދެވަނަ ސަބަބު: ބައްޕަ އާމްދަނީ ހޯދަން މަސައްކަތްކުރިނަމަވެސް ދަރިންގެ ބުރައުފުލަނީ މައިންނެވެ. ދަރިންތަކެއް ނުވަތަ ދަރިއަކު ނަމަވެސް ބެލުމަކީ 3 ތަނުގައި ވަޒީފާ އަދާކުރުމަށްވުރެވެސް މާބުރަކަމެކެވެ. ވީމާ އެތައް އަހަރެއްވަންދެން އެބުރަ މަސައްކަތްކުރީމާ ނާރުތައްވެސް ބަލިކަށިވާނެއެވެ. ވިސްނުމަށްވެސް އަސަރުކުރާނެއެވެ. ހިތަށް އަސަރުކުރާލެއް މާއަވަސްވާނެއެވެ. މިއީ ބައެއް ފަހަރު މައިންނަށް ބައެއް ބަސް ބުނެވެން ދިމާވާ ބައެއް ސަބަބުތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން