އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ފަށައިފި

އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ކުރަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ފަށާފައިވާކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ އަލަށް ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ މަސައްކަތެވެ. މީގެ ކުރިން މި މަސައްކަތް ކުރަމުން އައީ ސްކޫލް ބަންދު ދުވަސްވަރުގައި ކަމަށާއި، އޭގެ ސަބަބުން އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން ދުރާލާ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ނިންމުމާއެކު ބޮޑެތި ލުއިތަކެއް ލިބިފައިވެއެވެ. މިގޮތުން، މިހާރު ކުރިއަށްދަނީ ފައިނަލް ލިސްޓް އެކުލަވާލުމުގެ މަސައްކަތްކަމަށާއި، މި މަސައްކަތް 10 ދުވަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމާ ކުރިއާލާ އިނގޭނެ ކިހާ ފޮތެއްކަން ބޭނުންވާނީ. ކިހާ ސްޓޭޝަނަރީއެއްކަން ބޭނުންވާނީ. ކުރިން މި މަސައްކަތް ކޮށްފައި ހުރީ ސްކޫލްތައް ބަންދުވުމުން. އެހެންވީމަ އުނދަގޫތަކެއް ހުރި," ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު، މިއަހަރުވެސް މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކަށް އައު އަހަރަށް ކުދިން ވެއްދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތް މިހާރުން ފެށިގެން ކުރުމުން، ދަރިވަރުންގެ ފޮތްތަކާއި ސްޓޭޝަނަރީ ހަމަކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރެވޭނެކަމަށް ވަޒީރު އުންމީދު ކުރައްވައެވެ.

މިއަދު އޮންލައިން