ދަރިން މައިމީހާގެ ބަނޑުގައި ލައްވަވަނީ ބަނޑުން ދަރިފުޅު ބޭރުވިޔަސް ގުޅުން ކެނޑޭނެ ގޮތަކަށް ނޫން! ޢުމުރަށް ދަރިފުޅުގެ ސެލްތަކާއެކު އުޅެންޖެހޭނެ ގޮތަށް!: ސައިންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދަރިން މައިމީހާގެ ބަނޑުގައި ލައްވަވަނީ ބަނޑުން ދަރިފުޅު ބޭރުވިޔަސް ގުޅުން ކެނޑޭނެ ގޮތަކަށް ނޫން! ޢުމުރަށް ދަރިފުޅުގެ ސެލްތަކާއެކު އުޅެންޖެހޭނެ ގޮތަށް!: ސައިންސް

ދަރިން ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ހެޔޮލަފާ މައިން ދަރިންދެކެ ލޯބިވާ ސަބަބާއިމެދު ކުރެވެމުން އަންނަ ބަހުސަށް މިހާރު މިއޮތީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. ސައިންސްގެ ހޯދުންތަކުން ސަބަބުތައް ފެނުމުންނެވެ.  

މައިންގެ ބަނޑުގައި ދަރިން އަށަގަނެ. ދަރިފުޅު ވިހެއިނަމަވެސް، ދަރިފުޅު ނުވިހައި މަރުވިނަމަވެސް، ދަރިފުޅު ބައިގެންދިއަ ނަމަވެސް އެހިސާބުން ދަރިފުޅުގެ ކަންކަން މައިމިހާއަކަށް ނިމިގެނެއް ނުދެއެވެ. އެދަރިފުޅުގެ "ލިވިންގ ސެލްސް" (ދިރޭ ސެލްތައް) މައި މީހާގެ މުޅި ޢުމުރަށް މައިމީހާ އާއިއެކުގައިވާނެއެވެ.  

ހަމައެފަދައިން ކޮންމެ ދަރިއެއްގެ ކިބައިގައިވެސް މައިންގެ ދިރޭސެލްތައްވެސް ވާނެއެވެ. މިއީ ނިމުމެއް ނެތް ސިލްސިލާއެކެވެ. ކިތަންމެ މުސްކުޅިވެ މާމައަކަށްވީނަމަވެސް މިކަން މިގޮތުގައި ކުރިއަށްދާނެއެވެ.  

އަދި ކީއްހެއްޔެވެ؟ ދަރިންނާއި މައިންނާއި ދެމެދުގައި ﷲ ތަޢާލާ ލައްވަވާފައިވާ ގުޅުން ބޮޑުކަން ނިކަން ދެކިބަލާށެވެ. ދަރިން ރޯއަޑު އިވުމަކީ މައިންގެ ގާތަށް ކިރުއެރެން މެދުވެރިވާ ސަބަބެކެވެ.  

މިއީ މިއަދު ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ކަންކަމެވެ.  

ވީމާ އަހުރެން ހުރިހާ އަންހެނުންނަށްވެސް ވަޞިއްޔަތްކުރާނީ، ނަޞޭޙަތްތެރިވާނީ ﷲ ތަޢާލާ ދަރިއަކު ދެއްވަވައިފިނަމަ އެދަރިފުޅަށް އަޅާލައި ލޯބިދީގެން ބެލެހެއްޓުމުގެ ކުރިއަށް އެހެން އެއްވެސް ކަމެއް ނުނެރުމަށެވެ. އެންމެ މުހިންމު ވަޒީފާއަކީވެސް އަދި މަސްއޫލިއްޔަތަކީވެސް ދަރިފުޅަށް ލޯބިދީ ބެލެހެއްޓުން ކަމުގައި ދުށުމަށެވެ.  

މައިންގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާފައިވާ މިންވަރު ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެމަތިވެރި ދަރަޖަ ޙާޞިލްކުރެވޭނީ އެކަމަށް މަސައްކަތްތަކެއް ކުރުމުންނެވެ. އެކަމުގައި އިހްމާލްވެގެން ނުވާނެއެވެ. މާނައަކީ މަންމައަކަށް ވެވުމުން ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތު އަދާކުރުމަށް ސަމާލުކަންދޭށެވެ. އެއީ ތިމާގެ ފުރަތަމަ ވާޖިބް ކަމުގައި ދެކޭށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން