އެންމެންވެސް އެތަނަކާއި ވައިވެސް އެޅެން ބޭނުންނުވާނެ ތަނަކީ ނަރަކައެވެ. އެއްވެސް މީހަކީ އެމީހެއްގެ ލޮލަށް ނަރަކަ ފެންނަންވެސް ބޭނުންވާނެ މީހެއް ނޫނެވެ. ވީމާ ބިރުވެރިކަމުން ފުރިގެންވާ ނަރަކައާއި ދުރަށް އެންމެ ބާރަށް ޖެހެވެން އޮތީ ކޮން ކަމަކުން އެނގެން އެބަޖެހެއެވެ.
ކުރަން އޮތް އެއްކަމަކީ މެންދުރުނަމާދުގެ ކުރިންނާއި މެންދުރުނަމާދަށްފަހު 4 ރަކްޢަތް ކުރުމެވެ.
Umm Habibah reported: The Messenger of Allah, peace and blessings be upon him, said, “Whoever preserves four cycles of prayer before noon prayer and after it, Allah will forbid him from entering the Hellfire.”
Source: Sunan al-Tirmidhī 428
Grade: Sahih (authentic) according to Al-Tirmidhi
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ކުރަން ބުރަކަމަކަށް ނުވަދާށެވެ! މެންދުރުނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތާއި ފަހުން 2 ރަކްޢަތް ހިމެނިގެންވަނީ ރަވާތިބް ސުންނަތުގެ ތެރެއިންނެވެ. އިތުރަށް ކޮށްލަން މިޖެހެނީ ހަމަ އެންމެ 2 ރަކްއަތެވެ. ވަޤުތު ދަތިމީހުން ޢަޞްރުނަމާދުގެ ކުރިން ކޮށްލިޔަސް ފުދޭނެއެވެ.
ދެން މިބަލައިލަނީ ރޯދައަށެވެ! ހިފާ ކޮންމެ ރޯދައެއް އެމީހަކު ނަރަކަ އާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެއެވެ. ސުންނަތް ރޯދަ ހިފުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މުހިންމު އެއް އަޅުކަމެވެ. ނަމަވެސް އެކަމުން ލިބޭނެ ބޮޑު ފައިދާ ގިނަ ބައަކަށް މިއަދު ވަނީ ހަނދާނެ ނެތިކޮށްލެވިފައެވެ. ފައެވެ.
އެންމެ ފުރަތަމަ ކަމަކީ ސުންނަތް ރޯދަ ހިފުން ގިނަ ކުރުމެވެ. ނަމަވެސް ގިނަކުރަންވާނީ ދާވޫދުގެފާނު ރޯދަ ހިއްޕެވި މިންވަރަށެވެ. އެއީ ދެދުވަހުން އެއް ދުވަހު ރޯދަ ހިފުމެވެ. ސުންނަތް ރޯދަ ހިފުމަށް އެންމެ އިތުރުކަން ބޮޑު ގޮތަކީ އެއީއެވެ. އެވަރަށް ނުހިފޭނަމަ ހިފޭވަރަކުން ހިފައި އިތުރުކުރާށެވެ. ހަފްތާގެ ދުވަސްތަކުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފާށެވެ. އަދި މަހުގެ 13،14،15 ތިން ދުވަހު ރޯދަ ހިފާށެވެ. އެއިރުން މަހަކު 11 ދުވަހު ރޯދަ ހިފޭނެއެވެ. އެއީ ވެސް ވަރަށް ރަނގަޅު އަދަދެކެވެ. ދާވޫދުގެފާނު ހިއްޕެވި ގޮތަށްވުރެ މަދުވާނީ 4 ރޯދައެވެ.
ވީމާ މަހަކު މިބުނި ފަދައިން މަހަކު 11 ރޯދަ ހިފާ މީހާއަށް އެދެވެނީ ކޮންމެ މަހަކު ނަރަކައާއި 770 އަހަރު ދުރަށެވެ! އަހަރަކު 9240 އަހަރު ދުރަށެވެ.
ސުންނަތް ރޯދަ ހިފުމަކީ އެއްވެސް ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަން ޖެހޭނެ ކަމެކެވެ. އަދި އެއީ އުފަލެއް ކަމަށް ހަދައިފި މީހާ ވެގެންދާނީ ބާއްޖަވެރިއަކަށެވެ. ނަރަކަ އާއި ކައިރިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ބޭނުންވާނީ ވީހައި ދުރަށް ދާށެވެ! ވީމާ ސުންނަތް ރޯދަ ހިފުން ހުއްދަ ކޮންމެ ދުވަހަކުވެސް ރޯދައެއް ހިފައިލަންވީއެވެ. ނަރަކަ އާއި 70 އަހަރު ދުރަށް ދެވޭނެއެވެ.
އަހުރެން ވަރަށް ގިނަ މީހުންނާއި ކުރާ ސުވާލެކެވެ. "ނަރަކަ އާ ސުވަރުގެ އެއް ހަމައަކުން ފެނިއްޖެނަމަ ތިބާ ބާރަށް ދުވާނީ ނަރަކައާއި ދުރުވާން ހެއްޔެވެ؟ ނޫނީ ސުވަރުގެ ވަންނަން ހެއްޔެވެ؟" މިސުވާލުކުރެވުނު ގިނަ މީހުން ބުނީ އެމީހުން ދުވާނީ ނަރަކަ އާއި ދުރުވުމަށް ކަމަށެވެ.
ދެން ވިސްނައިލާށެވެ! ޤިޔާމަތް ދުވަހަކީ ނަރަކައާއި ދުރަށް ދުވަންވެސް އަދި ސުވަރުގެއާއި ކައިރިވާން ދުވަންވެސް ފުރުޞަތު ލިބޭނެ ދުވަހެއް ނޫނެވެ. އެކަމަށް ޖަހަންޖެހޭ ރޭސް ޖަހަން ޖެހެނީ ދުނިޔޭގައެވެ. ދުނިޔޭގައި ހުރެއެވެ. އެދުވަހު އޮތީ ރޭހުގެ ނަތީޖާ ފައުޅުކޮށް އިނާމު ލިބުމެވެ. މީޒާނުގައި އެމީހާގެ ޢަމަލުތައް ކިރުއްވަވަނީ ދުނިޔޭގައި ހުރެ ޖެހި ރޭހުގެ ނަތީޖާ ތިބާގެ ލޮލަށް ދެއްކެވުމަށެވެ. ނަތީޖާ ﷲ ތަޢާލާ ދެނެވޮޑިގެންވާ ޙާލުގައެވެ.
- ޝައިޚް ސަލީމް އަލް އަމްރީގެ ދަރުސަކުން