ޤިޔާމަތް ދުވަހަށް ބިރުވެތިނުވާ މީހުންގެ ކިބައިން ރައްކައުތެރިކަމަށް އެދިވަޑައިގެން މޫސާގެފާނު ކުރެއްވެވި ދުޢާ-

ކިޔުމަށް ހޭދަވާނީ 1މ 34ސ
ޤިޔާމަތް ދުވަހަށް ބިރުވެތިނުވާ މީހުންގެ ކިބައިން ރައްކައުތެރިކަމަށް އެދިވަޑައިގެން މޫސާގެފާނު ކުރެއްވެވި ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ 

 

ޣާފިރް ސޫރަތުގެ 27 ވަަނަ އާޔަތުގައި  ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَقَالَ مُوسَىٰ إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ ﴿٢٧﴾‏

މާނައީ: "موسى ގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، حساب ބައްލަވާ ދުވަހަށް إيمان ނުވާ ކޮންމެ ކިބުރުވެރިޔެއްގެ ކިބައިން ސަލާމަތްކުރެއްވުންއެދި އަހުރެންގެ ވެރި އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (27)" 

ޤިޔާމަތް ދުވަހަށް ބިރުވެތިނުވާ މީހުންދެކެ ބިރުގަންނަންވާނެއެވެ. އެއީ އޭނާކޮށްފާނެ ޖިސްމާނީ އަނިޔާއަކަށް ނޫނެވެ. އޭނާގެ ސަބަބުން ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެތީއެވެ. އެންމެ ރައްކައުތެރި ގޮތަކީ އެފަދަ މީހުންނާއި ގުޅިގެން ނުއުޅުމެވެ. 

ބައެއް މީހުންނަށް ވިސްނެނީ ފާފަކުރާ މީހުންނާއި ގުޅިގެން އުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެމީހާ ކުރި ފާފައެއް އެމީހަކަށް އޮންނާނެތީ ތިމާއަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މައްސަލަ އޮންނާނެއެވެ. އެއީ އެފަދަ މީހުންނާއި ގުޅިގެން އުޅޭނަމަ ތިމާއަށްވެސް އެކަމުގެ އަސަރުކުރާނެތީއެވެ. 

ވީމާ އެފަދަ މީހުންގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން މިފަދަ ދުޢާތައް ކުރަންވާނެއެވެ.

މިއަދު އޮންލައިން