ބައިވެރިޔާ ޖަހައިގަތަސް ޢަދާވާތްތެރިކަން ނުބާއްވައި މާފުކުރުމަކީ ސުވަރުގެ ވަނުމަށް ފުރުޞަތު ބޮޑުވާނެ ކަމެއް! މާފުރިހަމަ ބައިވެރިއަކުވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބައިވެރިޔާ ޖަހައިގަތަސް ޢަދާވާތްތެރިކަން ނުބާއްވައި މާފުކުރުމަކީ ސުވަރުގެ ވަނުމަށް ފުރުޞަތު ބޮޑުވާނެ ކަމެއް! މާފުރިހަމަ ބައިވެރިއަކުވެސް ދެއްވަވާނެ! އިން ޝާ ﷲ

ކޮންމެ މީހަކަށް ނަމަވެސް އަނެކާއަށް މާފުކުރަން އެންމެ އުނދަގޫވާނެ ކުށަކީ ބައިވެރިޔާ ޖަހައިގަތުމެވެ. އެކަން ޤަބޫލުކުރަމުންވެސް ބުނެލަން ބޭނުންވަނީ ބައިވެރިޔާ ޖަހައިގަތަސް ޢަދާވާތްތެރިކަން ނުބާއްވައި އެމީހަކަށް މާފުކުރާށެވެ!  

ފުރަތަމަ ކަމަކީ އެފަދަ ކަމެއް ކޮށްގެން ދެމަފިރިން ވަކިވާންޖެހިއްޖެނަމަ ތިބާއަށް ދެއްވަވާ ބައިވެރިޔާ މާފުރިހަމަވާނެ ކަމެވެ. އިން ޝާ ﷲ. ދެވަނަ ކަމަކީ ދިން އަނިޔާއަށް ނުބަލައި މާފުކުރުމަކީ ސުވަރުގެ ވަނުމަށް ފަހިވެގެންދާ މަގެއް ކަމެވެ.  

އަދިވެސް ވިސްނާށެވެ! ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިންނާއި ޙަސަދަވެރިން ތިބޭނެއެވެ. އެމީހުންގެ ކިބައިން އަނިޔާ އާއި ހިތްހަމަނުޖެހުންވެސް ލިބޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެމީހުންނަށް ތިބާ މާފުކުރުމުން ނޫނީ ﷲ ތަޢާލާ އެމީހުންނަށް މާފުނުކުރައްވަވާނެތެވެ.  

އަހުރެން ނަޞޭޙަތްތެރިވާނީ އެއްވެސް މީހަކަށް ތިބާގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް ނުއެޅުމަށެވެ. އެމީހަކު ކުރި ނުބައިކަމެއް އެމީހަކަށް ދޫކޮށްލާށެވެ! އެކަމުގެ ސައިޒަށް ނުބަލާށެވެ. ކިތަންމެ ބޮޑު ނަމަވެސްމެއެވެ.  

އެންމެންނަށް އަބަދުވެސް މާފުކޮށް ހިތްހެޔޮލުރަމުން ގެންދާށެވެ. އަދި އެކަން ކުރަނީ ﷲ ތަޢާލާއަށްޓަކައިކަން އަބަދުވެސް ހިތުގައި ބާއްވާށެވެ. އެހެނީ ސުވަރުގެ ވަނުމަށް އަހުރެމެން ކުރާ މަސައްކަތުގައި އެންމެ މުހިންމީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.  

ތިބާއަކީ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އެދިގެން، އެކަލާނގެ ރުހިވޮޑިގަތުން ހޯދުމުގެ ބޭނުމުގައި ތިބާއަށް ގެއްލުންދޭ ޙަސަދަވެރިންނަށް ޙަސަދަނުލައި، ޢަދާވާތްތެރިނުވެ، ދީލަތިކަމާއިއެކު މާފުކުރަމުން އަންނަ މީހަކު ކަމުގައިވާނަމަ އެއީ ތިބާ ސުވަރުގެ ވައްދަވާނެ ސަބަބުކަމުގައި ލެއްވެވުމަށް އުންމީދުކުރާށެވެ. 

ސުވަރުގެއެއް އަދި ނަރަކައެއްވެސް ނުފުރޭނެއެވެ. މުހިންމީ ތިމާއަކީ ނަރަކައިން ސަލާމަތްވެވޭ އަދި ސުވަރުގެ ދެއްވަވާ އަޅަކު ކަމުގައި ލެއްވެވުމެވެ. ސުވަރުގެ ވައްދަވައިފިނަމަ ތިބާގެ ބޭނުން ފުދުނީއެވެ.  

ޢާއިލީ ދިރިއުޅުމުގައި މިކަންކަން ވަރަށް މުހިންމެވެ. އަދި ޢާއިލާގެ ގިނަބައަކު އެކުގައި ދިރިއުޅޭނަމަ މިކަންކަމުގެ މުހިންމުކަން އިތުރުވެގެންދެއެވެ. އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެންމެންނަށް މާފުކޮށްގެން ދިރިއުޅޭނަމަ އެގެއެއްގައި އަބަދުވެސް އޮންނާނީ އުފާވެރިކަމެވެ. މާފުނުކޮށް ޙަސަދަލައިގެން އުޅޭނަމަ އޮންނާނީ ހަމަނުޖެހުމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން