ކޮންމެ ގޮތަކަށް ފޭރާންލީނަމަވެސް ހިލޭ ފިރިހެނުން ބީހެން ބޭނުންނުވާނެ އަންހެނުން ތިބޭނެ! އަތްލަން މަސައްކަތް ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ގޮތަކަށް ފޭރާންލީނަމަވެސް ހިލޭ ފިރިހެނުން ބީހެން ބޭނުންނުވާނެ އަންހެނުން ތިބޭނެ! އަތްލަން މަސައްކަތް ނުކުރާތި!

ވިސްނައިނުލެވޭތީނަމަވެސް ނުވަތަ ސަމާލުކަން ނުދެވޭތީ ނަމަވެސް ހުޅަނގުގެ ނުފޫޒުތަތަކުގައި ޖެހެވި މުސްލިމް ބައެއް އަންހެނުން ތިބެނީ ދީނުގައިވާ މަގުން ނިވާވެގެނއް ނޫނެވެ. އެކަމުގައި އިންތަކުން ނެއްޓި ހައްދުފަހަނައަޅައިދާ ބައަކުވެސް އުޅެއެވެ. ނަތީޖާއަކަށްވަނީ އެފަދަ އަންހެނުން ފެނުމުން ގައިގައި ބީހިލަން ފިރިހެނުން ޝައުޤުވެރިވުމެވެ. އެކަމަށް ޝައިޠޯނާ ހިތްވަރުދޭތީއެވެ. 

އެހެންކަމުން ފުރަތަމަ ކަމަކަށްވެސް ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ ބެލުންތައް ތިރިކުރާށެވެ. އެއިރުން އެކަނބަލުން ހެދުން އަޅައިގެން ތިބި ގޮތެއް ނުފެންނާނެއެވެ. އެކަމުން ކުރާ އަސަރެއް ނުކުރާނެއެވެ. އޭނާގެ ގައިގައި އަތްލަން ޝައުޤުވެރިއެއް ނުވެވޭނެއެވެ. 

ހަމައެއާއިއެކު ފިރިހެނުން ވިސްނަން ޖެހޭނެ ކަމެއްވެސް އެބައޮތެވެ. ކޮންމެ ގޮތަކަށް ފޭރާންލައިގެން ތިބިނަމަވެސް އެކަނބަލުންގެ ގައިގައި ހިލޭ ފިރިހެނުން ބީހެން ބޭނުންނުވާ އަންހެނުންވެސް ތިބޭނެއެވެ. ވީމާ ހެދުން ލައިގެން ހުންނަ ގޮތަށް ބަލައި އެއްވެސް ކަނބަލެއްގެ ގައިގައި ބީހެން މަސައްކަތް ނުކުރާށެވެ. 

މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެހެން މީހަކު ޢަމަލުނުކޮށް ހުރުން ކުށްވެރިކޮށް، ނުވަތަ އެއީ ބަހަނާއަކަށް ދައްކައިގެން ފާފަކުރުމެއް ނެތެވެ. ފާޙިޝް ޢަމަލުތަކަށް މަގުފަހިވާނެ ހުރިހާ ކަންކަން ޝައިޠޯނާ ޒީނަތްތެރިކޮށް ދައްކައިދޭނެއެވެ. އެކަން ކުރުމުގައި ޝައިޠޯނާ ހިނދުކޮޅަކަށްވެސް ވަރުބައްޔެއް ނުވާނެއެވެ. ދުލެއްވެސް ނުދޭނެއެވެ. 

އިންސާނާގެ ހިތް އެދޭ ހުރިހާ ކަމަކުން ނަރަކަ ޒީނަތްތެރި ކުރައްވަވާފައިވާކަން ޤަބޫލުކުރާށެވެ! ހިތްއެދޭހައި ކަންކަންކޮށް ހިތް އެދޭހައި ގޮތަކަށް އުޅެންވެއްޖެނަމަ އެދެވެނީ ނަރަކަ ޢާއި ދިމާއަށެވެ. ސުވަރުގެ އާއި ދިމާއަށް ދެވެން އޮތީ ހިތް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ކަންކަން ނުކޮށް ހުރެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން