ޢާއިޝަތު ރަފާޙް ޢަލީ
· އާދަމް ޢަލައިހިއްސަލާމް ކުރެއްވި ދުޢާ: އަޢްރާފް ސޫރަތުގެ 23 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾
މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. (23)"
(މިއީ ފާފައެއް ކުރެވުމުން ފާފަ ފުއްސަވައިދެއްވެވުން އެދިގެން ކުރަން އެންމެ ފައިދާހުރި ދުޢާއެކެ.)
· ޔޫނުސް ޢަލައިހިއްސަލާމް ކުރެއްވި ދުޢާ އަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾
މާނައީ: "އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (87)"
(މިއީ ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ކުރަން އޮތް ދުޢާއެކެވެ.)
· އިބްރާހީމްގެފާނު ކުރެއްވި ދުޢާތަކުން- ޝުޢަރާ ސޫރަތުގެ 83 އިން 85 ވަނަ އާޔަތުގައި ﷲ ތައާލާ ވަޙީ ކުރައްވާފައިވެއެވެ.
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ﴿٨٣﴾ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ﴿٨٤﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴿٨٥﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ! (83) ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ! (84) އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! (85)"
(މިއީ ޢިލްމާއި ހެޔޮ ވިސްނުން ދެއްވެވުން އެދިގެންނާއި ސުވަރުގެ ވެއްދެވުން އެދިގެން ކުރަން އޮތް ދުޢާއެކެވެ.)