އަންނަ ހުކުރު ދުވަހުގެ ހުކުރުނަމާދަށްފަހު ބޮޑުގެ ވަޤުތީ މިސްކިތް ބަންދުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އަންނަ ހުކުރު ދުވަހުގެ ހުކުރުނަމާދަށްފަހު ބޮޑުގެ ވަޤުތީ މިސްކިތް ބަންދުކުރަނީ!

މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން އެތަނުގައި މިހާރު ހުރި ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތްފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އަދި އިން ޝާ ﷲ ނޮވެމްބަރ 4 ވަނަ ދުވަހު އެތަނުގައި ބިނާކުރާ އައު ޒަމާނީ މިސްކިތުގެބިންގާ އަޅާނެކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.  

ބޮޑުގެ ވަޤުތީ މިސްކިތަކީ މާލޭގެ މިސްތަކުގައި ނަމާދުކުރާ މީހުންގެ ނިޞްބަތުން އެންމެ ގިނަބައަކު ނަމާދުކުރާ އެއް މިސްކިތެވެ. އެހެންކަމުން މިސްކިތް ބިނާކުރާ ފަރާތުން ޚާއްޞަ ސަމާލުކަމެއް ދީގެން މިސްކިތުގެ މަސައްކަތް ވީހާއަވަހަކަށް ނިންމާނެކަމަށް ގިނަބައަކު އުންމީދުކުރަމެވެ. 

ބޮޑުގެ މިސްކިތް ޒަމާނީ ފެންވަރަށް ބިނާކުރަނީ އަމިއްލަ ބައަކު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން