އެހެން ހުރިހާ ކަމެއް ފުރިހަމަކޮށްދިނަސް އެއްދާންކޮށްނުދިނުމަކީ ކައިވެނި ރޫޅޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެހެން ހުރިހާ ކަމެއް ފުރިހަމަކޮށްދިނަސް އެއްދާންކޮށްނުދިނުމަކީ ކައިވެނި ރޫޅޭނެ ކަމެއް!

ކައިވެންޏާއިމެދު އެންމެންނަށްވެސް އެނގި ޤަބޫލުކުރާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ކައިވެނި ރޫޅުން ގިނަވެއްޖެކަމެވެ. ކައިވެންޏާއި ގުޅުންހުރި އެހެން ކަންކަމުގައި ޚިޔާލުތަފާތިވިނަމަވެސް މިކަމުގައި ޚިޔާލުތަފާތުވުމެއް ނެތެވެ.  

އަހުރެންނަށް ލިބޭ މަޢުލުމާތަށް ބަލައިފިނަމަ ކައިވެނިތައް މިހާގިނައިން ރޫޅެމުން މިދަނީ ލޯތްބަށް ބޭނުންވެގެން ކައިވެނިކުރާތީއެވެ. ކައިވެނީގެ ތެރެއިން ޙާޞިލުކުރަން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ލޯބިކަމަށް ހެދޭތީއެވެ.  

ޒަވާޖީ ހަޔާތެއް ބާއްޖަވެރިވުމަށް އެންމެ މުހިންމީ އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާނަމަ ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވޭނެއެވެ.  

މިއަމާޒަށް ދިރިއުޅުން ގެންދަން ބޭނުންވާނަމަ ތެދުވެރިކަން އިސްކުރަންވާނެއެވެ. ތެދުވެރިކަން އިސްކޮށް އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާނަމަ ބޭނުންވެގެން ތިއައުޅޭ ލޯބި އަމިއްލައަށް އުފެދޭނެއެވެ. ލޯބި އުފައްދަން އިތުރު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ.  

އެއިގެ އިތުރުން ދެން ކުރަން އޮތްކަމަކީ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަންތަކެވެ. އެއީ ދެމަފިރިން އެއްދާންކުރުމެވެ. އަހުރެންނަށް ލިބިހުރި މަޢުލޫމާތުން އެނގެނީ އެެހން ހުރިހާކަމެއް ކިތަންމެ ފުރިހަމަ ކުރިޔަސް އެއްދާން ކުރުމުގައި ފޭލްވާނަމަ (އެކަކު އަނެކަކަށް އެއްބާރުލުން ނުދޭނަމަ) ކައިވެނި ރޫޅިގެންދާކަމެވެ.  

އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަކީ އިންސާނުން އުފައްދަވާފައިވާ ގޮތެވެ. ޞިއްޙީ ގޮތުން މައްސަލައެއް ނެތްނަމަ ކޮންމެ މީހަކަށްވެސް އެކަމަށް ބޭނުންވާ ގޮތަށް އުފައްދަވާފައިވާތީއެވެ. ވީމާ މިއީ ބުނަން ލަދުގަންނަންޖެހެންވީ ވާހަކައެއް ނޫނެވެ. މިއީ ކަމުގެ ޙަޤީޤަތް އޮތް ގޮތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން