އުންމަތަށްޓަކައި އިބްރާހީމްގެފާނު ކުރެއްވި ބައެއް ދުޢާ- ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 5މ 30ސ
އުންމަތަށްޓަކައި އިބްރާހީމްގެފާނު ކުރެއްވި ބައެއް ދުޢާ- ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ގިނަބައަކަށް މިއަދު ޖެހިފައި މިވަނީ ވަރަށް ނުބައި ޙާލަތެކެވެ. އެއީ ތިމާއަށް ފައިދާކުރާނެ ކަމަކަށް ނޫނީ ދުޢާ ނުކުރުމެވެ. މީސްތަކުންނަށްޓަކައި ހެޔޮ ދުޢާ ނުކުރުމެވެ. ނަމަވެސް އެއީ މުސްލިމުން ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. އަހުރެމެންނަށް އޮތީ އެންމެހައި މީސްތަކުންނަށްޓަކައި ހެޔޮދުޢާކުރުމެވެ. ތިމާގެ ވަޠަނަށްޓަކައިވެސް ހެޔޮދުޢާ ކުރުމެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އަކީ ނަބިއްޔުންގެ ބައްޕާފުޅެވެ. އެކަލޭގެފާނު ވަރަށް ގިނައިން ދުޢާ ކުރައްވާފައިވާއިރު، އެ ދުޢާތައް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާފައިއެވެ.  

އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ އިބްރާހީމްގެފާނު ކުރެއްވި ބައެއް ދުޢާތަކެވެ. 

· އިބްރާހީމްގެފާނު މައްކާއާއި އެތަނުގެ ރައްޔިތުންނަށްޓަކައި ދުޢާކުރެއްވެވިއެވެ. 

އެގޮތުން ބަގަރާ ސޫރަތުގެ 126 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُ قَلِيلًا ثُمَّ أَضْطَرُّهُ إِلَىٰ عَذَابِ النَّارِ ۖ وَبِئْسَ الْمَصِيرُ ﴿١٢٦﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ أمان ކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ أهل ވެރިންކުރެ اللَّه އަށާއި آخرة ދުވަހަށް إيمان ވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. كافر ވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. ދެން، ނަރަކައިގެ عذاب ގެ ތެރެޔަށް އެމީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. (126)" 

§ ބަޤަރާ ސޫރަތުގެ 128 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (128)" 

§ ބަޤަރާ ސޫރަތުގެ 129 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١٢٩﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (129)"

މިއަދު އޮންލައިން