ބޭވަފާތެރިވުމާ ޚިޔާނާތްތެރިވުން ފަދަ ކުށްތަކަށް މާފުކުރަންވާނީ ވަކިވަރަކަށް! މައްސަލަ ބޮޑު ވޭނަކަށްވަނީ އެކުށް ތަކުރާރުނުކުރާނެ ކަމުގެ ޔަޤީންކަން މާބޮޑުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބޭވަފާތެރިވުމާ ޚިޔާނާތްތެރިވުން ފަދަ ކުށްތަކަށް މާފުކުރަންވާނީ ވަކިވަރަކަށް! މައްސަލަ ބޮޑު ވޭނަކަށްވަނީ އެކުށް ތަކުރާރުނުކުރާނެ ކަމުގެ ޔަޤީންކަން މާބޮޑުކުރީމަ!

"ޝައިޚް! އަޅުގަނޑު މިވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގަ! ބައިވެރިޔާއަށް ވަރަށް ގިނަ ފަހަރު މާފުކޮށްފިން! އެކަމަކުވެސް ދޭތެރެއަކުން އެބަތަކުރާރުކުރޭ! އެހެންވީމާ ދެން ކިހިނެއްތޯ ހަދަންވީ؟" 

މިއީ ދެމަފިރިންގެ ކިބައިންވެސް ކުރިމަތިވާ ސުވާލެކެވެ. ފުރަތަމަ ކަމަކީ ބައިވެރިޔާއަށް ކުރެވޭ ކުށް ދަރަޖަ ކުރުމެވެ. ބޮޑެތި ކުށްތަކާއި ކުދި ކުށްތައް ތަފާތުކުރަންވާނެއެވެ. އެގޮތުން ބައިވެރިޔާއަށް ކުރެވޭ ކުށަކީ ދިރިއުޅުމަށް ހުރަސްއެޅޭނެ ބޮޑު ކުށެއް ނޫންނަމަ ކިތަންމެ ގިނަފަހަރު މާފުކުރަންޖެހުނަސް މާފުކުރާށެވެ! ޚިޔާނާތްތެރިވުން ފަދަ ބޮޑެތި ކުށްތަކަށް މާފުކުރަންވާނީ ވަކިވަރަކަށެވެ. 

އެއް ދުވަހަކު އަންހެނަކު އައިސް ބުނީ ފިރިމީހާ އޭނާގެ ކޮއްކޮއާއި އެންމެ ނުބައި ގުޅުން ބޭއްވުމުންވެސް ދެފަހަރަށް މާފުކޮށްފިން ކަމަށާއި އަދިވެސް މާފުކުރަންޖެހޭނެތޯއެވެ؟ ވަރިވުން ހުއްދަވާނެތޯ އެވެ. އަހުރެން ބުނީ ތިބާ ތިއަ ބުނަނީ ތެދަށްކަމަށްވާނަމަ އިތުރަށް މާފުކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށާއި ފިރިމީހާއަށާއި ކޮއްކޮއަށްވެސް ފައިޑާކުރާނީ އޭނާގެ ގާތުން އަވަހަށް ވަރިވެ އެދެމީހުން ކައިވެނިކުރަން ފުރުޞަތު ދިނުމުން ކަމަށެވެ. 

މިއާއި ޚިލާފަށް ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި ބައެއް ކަންކަން އެއީ ކުށްކަމަށް ހެދެނީވެސް އެވަރުގެ ކަމެއްވެސް މެދުވެރިނުވުމަށް ބޭނުންވާތީއެވެ. މެދުވެރިވުމުން ހިތަށް އަސަރުކުރާތީއެވެ. އެބާވަތުގެ ކަންކަމުގެ ތެރޭގައި ބައެއް ފަހަރު އަނެކާ އެދޭކަންކަން ކޮށްދޭން ފަރުވާކުޑަކުރެވުން ފަދަ ކަންކަން ހިމެނެއެވެ. އެބާވަތުގެ ކަންކަމުގައި ކިތަންމެ ގިނައިންވެސް މާފުކުރަންވީއެވެ.

އެހެނަސް ކުރިން މިބުނި ފަދައިން ބޭވަފާތެރިވުން، ޚިޔާނާތްތެރިވުން ފަދަ ބޮޑެތި ކަންކަމުގައި މާފުކުރެވޭނީވެސް މާފުކުރަންވާނީވެސް ވަކި ވަރަކަށެވެ. އަދި އެބާވަތުގެ ނޮޑެތި ކަންކަމުގައި މާފުކުރަންވާނީ އަދިވެސް އެކުށް ތަކުރާރުކޮށްފާނެކަމަށް ވިސްނައިގެންހުރެއެވެ. ތަކުރާރުކުރުމުން އަޅާވޭން އެހާބޮޑުވަނީ ތަކުރާރުނުކުރާނެ ކަމުގެ ޔަޤީންކަމުގައި ހުރެވޭތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން 

މިއަދު އޮންލައިން