އަހުރެމެންނަށް ވަކިކުރަން ނުއެނގެނީއެވެ! މޭވާވެސް ލައްވަވާފައިވަނީވެސް ޖޯޑުޖޯޑަށްކަން މިއޮތީ ޤުރްއާނުން އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަހުރެމެންނަށް ވަކިކުރަން ނުއެނގެނީއެވެ! މޭވާވެސް ލައްވަވާފައިވަނީވެސް ޖޯޑުޖޯޑަށްކަން މިއޮތީ ޤުރްއާނުން އެނގެން!

އަހުރެން މިވާހަކަކޮޅު މިބުނަނީ ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ބޮޑުކަން ބަޔާން ކުރުމަށެވެ. އަދި ދެނެވޮޑިގަތުމުގެ ބޮޑުކަންވެސް މެއެވެ. ހުރިހާ ކަމަކަށް ސައިބްސަށް ބަރޯސާވާ މީހުން ނިކަން ބުނެބަލާށެވެ! އަންހެން މޭވާއާއި ފިރިހެން މޭވާ ވަކިކުރެވިދާނެ ހެއްޔެވެ؟ އަދި މިހައިތަނަކަށް އެފދަ ޢިލްމެއް ނެތެވެ. ދެއްވެވުމަށްވެސް ﷲ ތަޢާލާ ކުލަދުންވަންތައެވެ. 

ޤަބޫލުކުރަން މިޖެހެނީ އިންސާނުންނަށް ކަންކަން އެނގެނީ ﷲ ތަޢާލާ އަންގަވައިދެއްވެވި މިންވަރަކަށް ކަމެވެ. އަންގަވައިދެއްވެވި އެއްޗެއް ކަމެވެ. އެހެންވެ މޭވާގެ ތެރެއިން އަންހެން މޭވާ އާއި ފިރިހެން މޭވާ ވަކިކުރަން ނުއެނގެނީއެވެ. 

ކޮންމެ މޭވާއެއްވެސް ލައްވަވާފައިވަނީ ދެވައްތަރުންނެވެ. ޖޯޑުޖޯޑަށެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން މިއޮތީއެވެ! 

"އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ."

(އައްރަޢްދް: 3) 

މިއާޔަތުން އިތުރު އެއްކަމެއް ފާހަގަކޮށްލާނަމެވެ! އެއީ ރޭގަނޑުވުމުން ދުވާލުގެ ދައުރު އަދާނުކުރުމުގެ މުހިންމު ކަމެވެ. މިޘާލަކަށް ދިރިއުޅެން މަސައްކަތްކުރަނީ ދުވާލުގެ ވަޤުތުތަކުގައި ކަމަށް ހެދުމާއި ރޭގަނޑުވުމުން ރޭގަނޑުގެ ގޮތުގައި ބޭނުން ހިފުމުގެ މުހިންމު ކަމެވެ. ކޮންމެހެން ހޭލައި ހުންނަން ޖެހޭ ކަމެއްގައި މެނުވީ ޢިޝާ ނަމާދުގެ ފަހުން ހޭލައި ނުހުންނަން ޙަދީޘްފުޅުގައި އޮތް ހަދީޘް ބަސްފުޅަށް ޢަމަލުކުރުމުގެ މުހިންމުކަމެވެ. 

"..(އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ." ވަޙީ ކުރައްވަވާފައި އެވަނީ އެކަން ދެނެގަނެ ޢަމަލުކުރުމަށެވެ. ރޭގަނޑުވުމުން ދުވަސް ނިމިދާކަން ދެނެގަތުމަށެވެ. 

އަހުރެންގެ ވިސްނުމުން އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. މޭވާއަކީ ރިޒުޤެކެވެ. އަންހެން ފިރިހެން ޖޯޑުޖޯޑަށް ލައްވަވާފައިވާކަން އަންގައިދެނީ ރިޒުޤް ހޯދަން ދެމަފިރިން ގުޅިގެން ޙަލާލުގޮތުގައި މަސައްކަތްކުރަންޖެހޭ ކަމެވެ. އެކަމުން ކުރާނެ ފައިދާ ބޮޑުވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން