ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް: ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް: ސާޖިދާ

ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާންކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މިފަދަ ނާޒުކު ހާލަތްތަކުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޙްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްޤެއް ކަމުގައިވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާގެ ޕޯސްޓްގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ފަރުވާ ދިނުމަށާއި، ކުލުނުވެރިކަން އިސްކުރުމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އިސްކަންދޭންޖެހޭ ކަމަށެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށް، މިކަމުގެ މުހިންމުކަން ފާހަގަކުރުމެވެ. މި ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

މިއަދު އޮންލައިން