ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ކަކުލުހުގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ކަކުލުހުގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އާތްރޮސްކޮޕިކް (ކީހޯލް) ކަކުލުހުގެ ސަރޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ. މި ސަރޖަރީ ކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮތޯޕީޑިކް ޑިޕާޓްމަންޓުގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުންނެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، "މިކުރެވުނު އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާއެކު، އަޅުގަނޑުމެންގެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވާކަން އުފަލާއެކު ދަންނަވަން."

މި އައު ޓެކްނޮލޮޖީގެ ބޭނުން ކުރުމުގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީއެއް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްގެ ގޮތުގައި ވެސް ބެލެވެއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިތިބޭނެއެވެ. އަދި މި ފާހަގަކޮށްލެވޭ ކާމިޔާބީގައި ބައިވެރިވި މުޅި ޓީމަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ވެސް އެމަނިކުފާނު ދެންނެވިއެވެ.

މިއަދު އޮންލައިން